-Advertisement-

-Advertisement-

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ޔާމީންގެ ވަކީލް ސިޔާޒަށް

ރާއީސް ޔާމީންގެ ލޯޔަރު ޝިޔާޒް. ފޮޓޯ؛ ވޮއިސް

ކުރީގެ ރައީސް ޔާމީންގެ ވަކީލު ކަމުގެ މަގާމުގައި ގިނަދުވަސް ތަކެއް ވަންދެން ހުންނެވި އަބްދުﷲ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ދެއްވައިފިއެވެ.

ސިޔާޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެއެކެވެ. އެއަށްފަހު އޭނާ ވަނީ ހަމަ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ވެސް ހުންނަވާފައިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ވާގޮތުން އިކޮނޮމިކް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވީ 4 ބޭފުޅުންނެވެ. ރައީސް އޮފީހުން އަދި އާންމު ނުކުރި ކަމުގައި ވިޔަސް މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ބޭފުޅުން އެމަގާމަށް ވަނީ އައްޔަން ކުރައްވާފައިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ޔާމީނަށް އުފުލާފައިވާ ދައުވާގައި އެންމެ ފުރަތަމަ އިސްކޮށް ހުންނަވައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ސިޔާޒް ހިމެނޭނެއެވެ.

މި ސަރުކާރުން މަގާމުތަކަށް މީހުން އައްޔަން ކުރާނީ ވަކި އަދަދަކަށް ކަމަށާއި ކޮނެމެހެން ބޭނުންވެގެން ނޫނީ ސިޔާސީ މަޤާމްތަކަށް މީހުން އައްޔަން ނުކުރާނެ ކަމަށް ކުރިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-