-Advertisement-

-Advertisement-

ރައީސް އޮފީހަށް މޮބައިލް ފޯނު ހިފައިގެން ނޫސްވެރީންނަށް ނުވަދެވުނުކަމަށް ބުނެ ފަތުރާ ޚަބަރު ދޮގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. ފޮޓޯ؛ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މޮބައިލް ފޯނު ހިފައިގެން ނޫސްވެރިންނަށް ނުވަދެވުނުކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާރސަން ދޮގު ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ފަރާތުން އިއްޔެ ނެރިފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެއޮފީހަށް ނޫސްވެރިންގެ ބައްދަލުވުމަށް އައި ނޫސްވެރިންނަށް ފޯނު ހިފައިގެން ބައްދަލުވުމަށް ނުވަދެވުނުކަމަށް ފެތުރެމުންދާ ވާހަކަ އަކީ ވަރަށް ބޮޑު ދޮގެއް ކަމަށާއި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމަށް ހުރިހާ ނޫސްވެރިންވެސް ވަނީ ފޯނާއި އެކުގައި ކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައިވަނީ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ނޫސްވެރިންނަށް ފޯނާއި އެކު ބައްދަލުވުމުގައި ބައިވެރިވެވޭނެ ގޮތުގެ އިންތިޒާމުތައް ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައިދެއްވާފައިކަމަށެވެ.

ނަމަވެސް، އެއޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި އަމަލު ކުރަމުންދާ އުސޫލަކީ ބައްދަލުވުން ތަކަށް ވަޑައިގަންނަވާ ފަރާތްތައް ސެކިއުރިޓީއައި ފޯނު ހަވާލު ކުރުން ކަމަށްވެސް އެބަޔާނުގައިވެއެވެ.

އަދި، ފެތުރެމުންދިޔަ މިހަބަރަކީ ހަގީގަތް އޮޅޭ ގޮތަށް ބައެއް މީޑިޔާތަކުން ފަތުރާފައިވާ ޒިންމާދާރުކަން ކުޑަ ހަބަރެއ ކަމުގައި ވެސް އެބަޔާނުގައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-