-Advertisement-

-Advertisement-

ފުވައްމުލަކުގައި ރޭ ނުރައްކާތެރި 2 އެކްސިޑެންޓް ހިނގައިފި

މުވައްމުލަކު

ފުވައްމުލަކު ސިޓީގައި ރޭ ނުރައްކާތެރި ދެ އެކްސިޑެންޓު ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ 22:48 ހާއިރު ފުވައްމުލަކު ސިޓީގައި 2 ސައިކަލު ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައިވެއެވެ. މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ވެފައިވާއިރު، މި3 މީހުންނަށް ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލް އިން ދަނީ ފަރުވާ ދެމުންނެވެ.

އެގޮތުން އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރޭ ފުވައްމުލަކު ސިޓީގައި ވަނީ އިތުރު އެކްސިޑެންޓެއް ވެސް ހިނގާފައެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ފުވައްމުލަކު އެއާޕޯރޓް ސަރަހައްދުގައި ކުޑައީދުގައި ޒީނަތްތެރި ކުރުމަށް ހަރުކޮށްފައި ހުރި ގިޑިއެއްގެ ބައެއް ނެއްޓިފައިވަނިކޮށް ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ކަހާލައިގެން އޭގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކަށެވެ. މިމީހާއަށް ފަރުވާ ދެމުން ދާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

ފޭސްބުކްގައި ދައުރުވަމުންދާ ފޮޓޯއެއްގައި ފެނިގެންދަނީ ފިރިހެން މީހެއްގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ މަންޒަރެވެ. ރައްޕެ ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ހިއްސާ ކުރި ފޮޓޯގައި ލިޔެފައިވަނީ އޭނާގެ ކޮއްކޮ ރޭ އެކްސިޑެންޓް ވެފައިވާ ކަމަށާއި އެކަން ހިންގާފައިވަނީ ބޮކިފައްޖެއް ބޮލަށް ވެއްޓުމުގެ ސަބަބުން ކަމަށެވެ.

އޭނާވަނީ އެކަން ކަމާ ބެހޭ ފަރާތް ތަކުގެ ސަމާލު ކަމަށް އެކަންގެންސް އެ ބޮކިފަތި އެތަނުން ނެގުމަށް ފުވައްމުލަކު ސިޓީ ކައުންސިލްއަށް ގޮވާލާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-