-Advertisement-

-Advertisement-

8 ސަފީރަކަށް ރުހުން ދީފި

ފޮޓޯ؛ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަފީރު ކަމަށް އައްޔަންކުރަން މިހާތަނަށް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުން ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު މިއަދު އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފިއެވެ.

ރުހުން ދިން ބޭފުޅުންނަކީ:

1. ޔޫއޭއީ – މުހައްމަދު ހުސެއިން ޝަރީފް (މުންދު)

2. އިނގިރޭސި ވިލާތް – އިރުތިޝާމް އާދަމް

3. އދ. – އަލީ ނަސީރު މުހައްމަދު (އަލިނީ)

4. ސްރީ ލަންކާ – މަސްއޫދު އިމާދު

5. މެލޭޝިއާ – މަރިޔަމް ޝަބީނާ އަހުމަދު

6. ބެލްޖިއަމް އާއި އީޔޫ – ގީލާ އަލީ

7. ސިންގަޕޫރު – މުހައްމަދު ލުވެއިޒު

8. ޖެނީވާ – ޑރ. ސަލްމާ ރަޝީދު

ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް މަޖިލީހުން ރުހުން ދިނީ, ސަފީރުންނަށް ރުހުން ދިނުން ލަސްވެގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މި ބޭފުޅުންގެ އިތުރުން ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބު އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް ޝިއުނީން ރަޝީދު ހަމަޖެއްސެވުމަށްވެސް މިހާރު ދަނީ ކޮމިޓީން ދިރާސާ ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-