-Advertisement-

-Advertisement-

ދަރިވަރުން ބޮޑު ޗުއްޓީއަށް، އަންނަ އަހަރުގެ ބޮޑު ޗުއްޓީ ލިބެނީ ރޯދައަށް!

ސުކޫލު ކުދިން ތަކެއް --

2023-2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް ގޮސްފައިވާއިރު، 2024ގެ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ރޯދަމަހަށް ލިބޭ ގޮތަށް އެކެޑަމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ބޮޑު ބަދަލެއް ގެނެއްސިއެެވެ.

2024ގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހު 26 ގައި ފެށޭއިރު، ކިޔެވުން ނިމޭނީ އަންނަ އަހަރު މާޗުގައެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ފައިނަލް ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގައެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ އޮކްޓޫބަރު 6 ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގައި އަދި މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. ކަލަންޑަރުގައި އަންނަ އަހަރުގެ ރޯދަ މަސް ފެށޭ ދުވަހެއް ކަމަށް އޮތީ ފެބްރުއަރީ 28 އެވެ. އަންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް އޮތް އިރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައި ވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ.

މި އަހަރުގެ ކިޔެވުން 84000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށާފައިވާއިރު، ސަރުކާރުގެ 216 ސްކޫލްގައި 73,000 ދަރިވަރުން ވަނީ ތައުލީމު ހާސިލުކޮށްފައެވެ. އަދި 25,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރީ މާލޭގައެވެ.

ޒަމާނުންސުރެ ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީގައި ކަމަށްވިޔަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ވިސްނަވާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރުގެ މެދު ތެރެއަށް ބަދަލުކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-