-Advertisement-

-Advertisement-

12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ފުލުހުންގެ އިދާރާ – ފޮޓޯ: މިހާރު

ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ ގއ. ގދ. ޏ. އަދި ސ. އަތޮޅު ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ކުޑަކުދިންގެ މައްސަލަތަކަކީ ފުލުހުންގެ އިދާރާއިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށް ކުއްޖާގެ ރަށާއި އަތޮޅު ފަދަ މައުލޫމާތު ހިއްސާ ނުކުރަން ނިންމާފައިވާކަމަށެވެ.

މި މައްސަލަ ހިނގި ރަށުގައި އާންމުންގެ ބަޔަކު އެރަށުގެ ފުލުސް އޮފިށް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަމުން ދާ ވީޑިއޯއެށް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު އެމީހުން އެދެމުން ދަނީ ޖިންސީ ގޯނާ ކުރި މީހާ ހައްޔަރު ކުރުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-