-Advertisement-

-Advertisement-

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮޓޯ/ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

މީގެ ކުރިން ވެސް ރައީސްގެ ދެ ކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެއީ ނިމިދިޔަ މާރިޗު މަހުއެވެ.

ޑރ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ޖުމްލަގޮތެއްގައި 3 ޤައުމަކަށް ރަސްމީ ޒިޔާރަތްތަކެއް ވަނީ ކުރައްވާފައެވެ. އޭގެ ތެރޭގައި ޗައިނާއާއި ތުރުކީ ހިމެނެއެވެ. ހަމައެހެންމެ އެކުވެރި އަރަބި އިމާރާތަށް ވެސް ރައީސް ދެ ފަހަރެއްގެ މަތިން ޒިޔާރަތްކުރައްވާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-