-Advertisement-

-Advertisement-

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚިޠާބެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ފޮޓޯ/ރައީސް އޮފީސް

ޤައުމުގެ ކުރިއެރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރުންކަމަށްވާ މަސައްކަތްތެރިންގެ މުހިންމުކަން ހާމަކުރައްވައި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ޙާއްޞަ ޚިޠާބެއް ދެއްވައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ބައެއް ނުކުތާތަކުގެ ތެރޭގައި ޤައުމުގެ ތަރައްގީއާއި ގައުމަށް އެކި ގޮތްގޮތުން ލިބެމުންދާ ކުރިއެރުންތަކުގެ އަސްލަކީ މަސައްކަތްތެރިން ކަމުގައި ފާހަގަކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން މިހާރު ސަރުކާރުން ވަކިވެވަފައި ތިބި އެތައް ބަޔަކަށް އަލުން ސަރުކާރަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅަކީ ވަރަށް ގިނަ ބަޔަކަށް އާ އުންމީދުތަކެއް ގެނުވައިދިން ކަމެކެވެ. ހަމައެއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް އެކަށީގެންވާ އުޖޫރައެއްގައި އެ ފަރާތްތަކަށް އެކަށޭނަ މަސައްކަތުގެ ދާއިރާއަކަށް ނެރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މިހާރު ސަރުކާރުން ފަށާފައިވާ ބައެއް މަސައްކަތްތައް ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވާފައިވަނީ މަސައްކަތްތެރިންނަށް ބޯހިޔާވަހިކަމުގެ އާ ސްކީމެއް ތައާރަފްކުރައްވަން ފައްޓަވައިފައިވާކަމަށެވެ. ހަމައެއާއެކު މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ލުއި ލޯނު ތައާރަފު ކުރުން ވެސް ފާހަގަކޮށްލެވެއެވެ.

ވެރިކަމުގައި ލިބިފައި މިވާ 5 އަހަރަކީ އައު ބާވަތްބާވަތުގެ މަސައްކަތްތައް ތައާރަފުކޮށް، އައު އިންވެސްޓްމަންޓްތައް ކުރުމަށް ވަރަށް ސަމާލުކަންދެއްވާނެ 5 އަހަރުކަމުގައި ހައްދަވާނެކަމަށް ރައީސް ވަނީ ވިދާޅޫވެފައެވެ. އެގޮތުން ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް އިތުރަށް ފުޅާކޮށް ދިވެހި މަސައްކަތްތެރިންނަށާއި ހުނަރުވެރިންނަށް ބޭރު ފައިސާއިން މަންފާ ލިބިގަނެވޭނެގޮތް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްފުޅު ރައީސް ފާހަގަކުރެއްވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-