-Advertisement-

-Advertisement-

ޑައިމޯފިން ޓްރެފިލް ކުރި މީހަކު 5 އަހަރު ފަހުން ޖަލަށް ލުމަށް ހުކުމްކޮށްފި

ކްރިމިނަލް ކޯޓް - ފޮޓޯ/ ރާއްޖެއެމްވީ

މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރި ދިވެއްސަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، 24 އަހަރާއި 11 މަހާއި 13 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ 8 ޖަނަވަރީ 2019ގައެވެ. އެ ތަކެތި ތައްޔާރުކޮށް، ގެންގުޅުނުކަމަށް ބެލެވެނީ މ. ސެސްނާ، ފަސްވަނަ ފަންގިފިލާގައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އަމުރަކަށް ފުލުހުން އެ ގެ ބަލާ ފާސްކޮށްފައިވަނީ އޭނާގެ ހާޒިރުގައެވެ.

އެ ގެއިން ފުލުހުން ވަނީ މަސްތުވާތަކެތި ހޯދާފައެވެ. އެގޮތުން އެ ފިރިހެން މީހާގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއެވެ.
މި ދައުވާއަށް އޭނާ އިންކާރު ކުރިނަމަވެސް އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ހާމަކުރެއެވެ. އެހެންކަމުން އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވާކަމަށް ބެލެވެއެވެ.

އެ ހުކުމުގައި ޖަލަށް ލުމަށް ނިންމާފައި ވަނީ ގދ. ފިޔޯރީ ގަދަކޯޅީމާގެ، އަހުޒަރު އަހުމަދު ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ހުކުމްކޮށްފައިވާ ޖޫރިމަނާ މީރާއަށް ދެއްކުމަށް ދީފައިވަނީ 12 ދުވަހުގެ މުހުލަތެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-