-Advertisement-

-Advertisement-

ގެއްލުނު ސިނަމަން ހަކުރާ ހުރާ ރިސޯޓުގެ ލޯންޗު ފެނުނީ ހުޅުމާލެ ފަޅުން

މ. އަތޮޅުގެ ރަށެއްގެ ފަޅުގައި އަޅާފައި އޮއްވައި 14 އަހަރުގެ ފިރިހެންކުއްޖާ ނެގި ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗު

މ އަތޮޅު ދިއްގަރު ފަޅުގައި އަޅާފައި އޮއްވައި ގެއްލުނު ސިނަމަން ހަކުރާ ހުރާ ރިސޯޓުގެ ލޯންޗު ހޯދާފައިވަނީ ހުޅުމާލޭގެ އެމްޓީސީސީ ފެރީ ޓާމިނަލުގެ ފަޅުގައި އަޅާފައިއޮއްވައެވެ.

މި ލޯންޗު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ލޯންޗު ގެއްލިފައިވާކަން އޭގެ ފަޅުވެރިންނަށް އެނގުނީ އެ ރަށުން ފުރުމަށް އިއްޔެ ހެނދުނު ބަނދަރުމައްޗަށް ނުކުތުމުންނެވެ. އިއްޔެ ހެނދުނުގެ ވަގުތެއްގައި މި ލޯންޗު ހުޅުމާލެއިން ފެނިފައިވާއިރު، ލޯންޗު އޮތީ ނާއްސައިކަމަށް މައުލޫމާތު ލިބެއެވެ. ލޯންޗު ހޯދުނު އިރު ލޯންޗުގެ އިންޖީނު ވެސް ހުރީ ނިއްވާ ނުލާކަމަށްވެއެވެ.

ލޯންޗު ވަގަށް ނެގިކަމަށް ބެލެވެނީ މ ދިއްގަރު، އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ ދިއްގަރުން ފުރިކަމަށް ބެލެވެނީ ރޭ ދަންވަރު ތިނެއް ޖަހާކަށްހާއިރުއެވެ. ލޯންޗު އެ ރަށުގެ ފަޅުން ނުކުންނަށް ދިޔަ ވަގުތު އެ ރަށުގެ ބަޔަކަށް ފެނުނުކަމަށް ޚަބަރު ފެތުރިފައިވެއެވެ. އެ ކުއްޖާ މާލެ އައިކަމަށް ބެލެވެނީ އެ ކުއްޖާގެ ލޯބިވެރިޔާ ކައިރިއަށެވެ.

ފުލުހުން މަޢުލޫމާތުދޭ ގޮތުގައި މި ކުޑަ ކުއްޖާ އަދިވެސް ނުފެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-