-Advertisement-

-Advertisement-

މި މަހުގެ ކަރަންޓް ބިލުންވެސް ޑިސްކައުންޓު ދެނީ

އޭޕްރީލް ބިލުންވެސް ރަމަޟާން މަހުގައި ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ޕޯސްޓް ކުރަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ފޮނުވާފައިވާ ބިލަށް މި ބަދަލުގެނެސް ކަސްޓަމަރުންނަށް އާ ބިލް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ކެންޕޭނުގައި ރައީސް ބ. އަތޮޅު އޭދަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ރަމަޟާން މަހަކީ އަންމުކޮށް ކަރަންޓް އަދި ފެން ބިލް ބޮޑުވާ މަހެއް ކަމަށާއި އެކަމަށް ހައްލު ގެނައުމަށް ކުރީ މަސްތަކުގެ މަހަށްވުރި ރަމަޟާން މަހުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރައްވާނެ ކަމަށެވެ.

ސަރުކާރުން ޑިސްކައުންޓު ދެއްވާފައިވަނީ މާރޗް މަހުގެ ބިލުންނެވެ. ނަމަވެސް އޭޕްރީލް މަހުގެ ފުރަތަމަ 10 ދުވަހަކީ ވެސް ރަމަޟާން މަސް ކަމަށް ވެފައި އެ ދުވަސްތަކުގައި ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓު ނުލިބުމުން މީސްމީޑިއާގައި ވަނީ ސަރުކާރަށް ފާޑުކިޔުންތަށް އަމާޒުވެފައެވެ.

ރަމަޟާން މަހުގެ ބޭނުންކުރި ކަރަންޓާއި އެކު މިދުވަސްވަރަކީ ކޮންމެ އަހަރަކުވެސް އެންމެ ހޫނު ދުވަސްތަކަކަށް ވުމުން ގިނަ ގޭބިސީތަކުގެ ކަރަންޓް ބިލް ވަނި ވަރަށް ބޮޑުވެފައިއެވެ.

ގިނަ ބައެއްގެ ޝަކުވާތައް އަޑު އަހާ ސަރުކާރުން ގެނެސްފައިވާ މި ބަދަލާއި އެކުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ބުނެފައިވަނީ ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދިނުމަށް ދެމިތިބޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-