-Advertisement-

-Advertisement-

ޣައްޒާއި ހިންގަމުންދާ ޤަތުލުއާންމު ހުއްޓާލުމަށް އެއްވެސް އެއްބަސްވުމެއް ނުހަދާނަން: ނަތަންޔާހޫ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމު ހުއްޓާލަންޖެހިދާނެ އެއްވެސް އެއްބަސްވުމަކަށް ތާއީދު ނުކުރާކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކޮށްފިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން މިހާރު އިސްރާއީލަށް ކުރަމުންދާ ދަތުރުގައި އޭނާއާ ބައްދަލުކޮށް ނަތަންޔާހޫ މި މޭރުމުން ވާހަކަދައްކާފައިވެއެވެ. މި ދެ މީހުންގެ ބައްދަލުވުންތައް ކުރިއަށް ދަނީ ގުދުސްގައި ސިއްރުންނެވެ.

މި ބައްދަލުވުމުގައި އެންޓަނީ ހުށަހަޅާނެކަމަށް ބެލެވެނީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތާ ސުލްހަމަސަލަސްކަން ގާއިމުކުރުމަށެވެ. މީގެ އިތުރުން ޣައްޒާއަށް އެހީ ވެއްދުމަށް އިސްރާއީލުން ލުއިދިނުމަށް ހުށަހެޅުން ހިމެނެއެވެ.

އިސްރާއީލުން އޮތީ ރަފާހަށް އަރައިގަތުމަށް ތައްޔާރަށް ކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެންޓަނީ އިސްރާއީލަށް މި ކުރާ ދަތުރަކީ އެ ރޭވުން ބަދަލުކޮށްލުމެވެ. އޭގެ އިތުރުން އެމެރިކާއިން ބޭނުންވާ ގޮތަށް ޢައްޒާގެ އޮޕަރޭޝަންތައް ބަދަލުކުރުމަށް ހުށަހެޅުމަށް ކަމަށް ވެސް ރިޕޯޓުތަކުން ހާމަވެއެވެ.

ހަމާސްއިން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް އިސްރާއީލުން އެއްބަސްނުވާނެކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ބައެއް އޮފިޝަލުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާއިން މަރުވެގެން ގޮސްފައިވާ މީހުންގެ އަދަދު މިހާރު މާ މައްޗަށް ހިނގައްޖެއެވެ. އަދި މި ހަނގުރާމަ މިހާރު މާ ދިގުލައިގެން ހިނގައްޖެކަމަށް ވެސް އެމެރިކާއިން ފާހަގަކުރެއެވެ.

ޣައްޒާއަށް ހަމަލާދިނުމުގެ ހަމަނުޖެހުން ހުއްޓުމެއް ނެތި ހިންގަމުން އަންނަތާ މިހާރު މި ވަނީ 7 މަސްދުވަހަށް ވުރެ ދިގުލައިގެން ގޮއްސައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-