-Advertisement-

-Advertisement-

ބިން ހިއްކުމުގެ މަޝްރޫއުތައް މަޑުޖައްސާލަން އެދިއްޖެ!

ގާ ހުދުވަމުން ދިއުމާ ގުޅިގެން ބިން ހިއްކުމާއި ފަޅު ފުންކުރުން ފަދަ މަޝްރޫއުތައް މަޑުޖައްސާލުމަށް މެރިން ރިސާޗް އިންސްޓިޓިއުޓުން އިއްޔެ އެދިއްޖެއެވެ.

އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ) އިން މީގެ ކުރިން ވަނީ ގާ ހުދުވުމުގެ މައްސަލަތަކަކީ ދުނިޔޭގެ ހުރިހާ ކަނޑަކަށް އެކަމުގެ އަސަރު ކުރާނެކަމެއްކަމަށް ހާމަކޮށްފައެވެ. އެކަމާ ގުޅިގެން ފިޝަރީޒް އެންޑް އޯޝަސް ރިސޯސަސް މިނިސްޓްރީގެ ދަށުން ހިންގާ އިންސްޓިޓިއުޓުން ވަނީ މިފަދަ މަޝްރޫއުތައް މަޑުޖައްސާލުމަށް އެދި ބަޔާޏެއް ނެރެފައެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދިވެހިންގެ ދިރިއުޅުމާއި ފަރުތަކުގައި ހުންނަ ގާތައް ހުދުވުން ވަނީ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅިފައިކަމަށެވެ. އެގޮތުން އެ ކަމުގެ ސަބަބުން ދިމާވެދާނެ ހުރިހާ އަސަރުތައް ކުޑަކުރުމަށާއި ގެއްލުމަކުން ސަލާމަތްވުމަށް ކުރީބައިގައި ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެއެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ކަމަށްވާތީކަމެވެ.

ބައެއް މީހުންގެ އަމަލުތަކުގެ ސަބަބުން ފަރުތައް އިއާދަވުން ލަސްވުމުގެ ބިރު ބޮޑުކަމަށް އެ ބަޔާމުގައި އިތުރަށް ބުނެފައިވެއެވެ.

އެ އިންސްޓިޓިއުޓުން ފާހަގަކުރާ ގޮތުގައި މި ވަގުތު ރައްޖޭގައި ގާ ހުދުދުމުގެ މައްސަލަ ދިމާވުމަށް ފަހު އިއާދަވުމަށް ނަގާ މުއްދަތު ކުރެވެ. އެހެންނަމަވެސް ފަޅު ހިއްކުން ފަދަ ކަންކަމުގެ އަސަރުން އިއާދަވުމަށް ހުރަސްއެޅޭނެވެ.

މީގެ ކުރިން ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑުވިކަމަށް ފެންނަން އޮތީ 1998 ވަނަ އަހަރުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-