-Advertisement-

-Advertisement-

އެމްޑީޕީގެ ވެރިން އިސްތިއުފާދިނުމަށް ނުވިސްނާކަމަށް އެ ޕާޓީއިން ހާމަކޮށްފި

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް. ފޮޓޯ: ނިއެސްލެބް/ ޢަބްދުﷲ އިޔާން

މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީގެ ސަބަބުން އެމްޑީޕީގެ އިސްވެރިން އިސްތިއުފާ ދިނުމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ގޮވާލާފައިވީ ނަމަވެސް، މި ވަގުތަކީ އިސްތިއުފާދޭންވީ ވަގުތު ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒުގެ ރައްދުގައި ވިދާޅުވީ “އަންނަ އަހަރު އެބައޮތް އެމްޑީޕީގެ ކޮންގްރެސް ވެސް. މިހާރު މި އޮތް ލީޑަޝިޕް އިސްތިއުފާ ދޭންޖެހޭ ނަމަ އޭރުން އެ ފުރުސަތު ވެސް ފަހިވާނެ” ކަމަށެވެ. ފައްޔާޒް ވިދާޅުވީ މިއީ އެންމެން ގުޅިގެން އެމްޑީޕީ ނަގާ ކޮޅަށްޖަހަންވީ ވަގުތުކަމަށެވެ.

އެގޮތުން އެމްޑީޕީން ރޭގައި ވަނީ ނިމިގެން ދިޔަ އިންތިޚާބުތަކުގައި ލިބުނު ނާކާމިޔާބީތައް މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ފާސްކޮށްފައެވެ. މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ މި މައްސަލަ ދެނެގަތުމަތީ ޕާޓީގެ ލީޑަޝިޕްގެ އެންމެ ބޮޑު ޒިންމާގެ ގޮތުގައި އޭނާ ދެކޭކަމަށެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ފާހަގަކޮށްލެވުނީ އެމްޑީޕީއަށް ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު އިންތިހާބަކަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަގޮތެއްގައި 93 ދާއިރާއެއް ހިމެނޭހެން އެމްޑީޕީގެ މެންބަރުން މަޖިލީހަށް ވާދަކުރެއްވި ނަމަވެސް ކާމިޔާބު ލިބިވަޑައިގެންފައި ވަނީ އެންމެ 12 މެންބަރުންނަށެވެ. ހަމައެހެންމެ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުން ވެސް އެމްޑީޕީއަށް ވަނީ ނާކާމިޔާބު ލިބިފައެވެ.

އެމްޑީޕީއަކީ މިވަގުތު ރައްޖޭގައި ރަޖިސްޓްރީ ކުރެވިފައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއެވެ. އަދި ނިމިދިޔަ ނަވާރަ ވަނަ މަޖިލީހުގައި މެޖޯރިޓީ ލިބިފައިވާ ޕާޓީއެވެ. އެހެންނަމަވެސް މިއީ އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ދައުރެއް ނޫނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-