-Advertisement-

-Advertisement-

ވީޓޯއާ ދެކޮޅަށް ދިވެހިރާއްޖޭގެ ހައުސިންގް މިނިސްޓަރުގެ ވަރުގަދަ ރައްދެއް

ޔަހޫދީން ފޭރިގެންފައިވާ ބިންތައް އޭގެ ޙައްޤުވެރިންނަށް އަނބުރާ ރައްދުކޮށްދިނުމަށް ހައުސިންގް މިނިސްޓަރ ޑރ. އަލީ ހައިދަރު ގޮވާލެއްވި. ފޮޓޯ: އ.ދ އަށް ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަން

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން، ވީޓޯ ކުރުމުގެ ބާރު އުވާލަންޖެހޭކަމަށް އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖޭގެ ހައުސިންގް މިނިސްޓަރ ޑރ. އަލީ ހައިދަރު ގޮވާލައްވައިފިއެވެ.

ހައިދަރު މިގޮތަށް ގޮވާލައްވާފައި ވަނީ އދގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގައެއެވެ. ހައިދަރު އިތުރަށް ވިދާޅުވީ ސަލާމަތީ މަޖިލީހުން ފަލަސްތީނުގެ ޙައްޤުގައި ފިޔަވަޅެއް އެޅުން އެންމެ ގައުމެއްގެ ވޯޓުން ހުއްޓުވޭނެ ގޮތަށް ހަމަޖެހިފައި އޮތުމަކީ ލަދުވެތިކަމެއް ކަމަށެވެ.

މީގެ ކުރިން އދގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ކުރެވުނު މަސައްކަތް ހުއްޓުވާފައި ވަނީ އެމެރިކާއިން ބާރުފޯރުވައިގެން ސަލާމަތީ މަޖިލީހާ ހިސާބުންކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް އާންމު މަޖިލީހުގެ 140 މެންބަރުންނާއި ސެކިޔުރުޓީ ކައުންސިލްގެ 12 މެންބަރުން ހިމެނޭހެން މީގެ ކުރިން ވަނީ ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.

ހައިދަރުގެ ބަޔާނުގައި ފަލަސްތީނުގެ މިހާރުގެ ހާލަތަށް ވެސް ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން މިހާރު ވެސް އިމާރާތް ތަކުގެ ދަށުން ފަލަސްތީނުގެ ކުދި ބޮޑު ރައްޔިތުންގެ ފުރާނަ ނެތް ހަށިތައް ނަގައި، ވަޅުލަންޖެހިފައިވާކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަކީ އަޅާނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑެތި ކަންކަންކަމަށް ހައިދަރުގެ ބަޔާނުގައި ވިދާޅުވިއެވެ. އެހެންނަމަވެސް ސަލާމަތީ މަޖިލީހުގެ އިހުމާލުގެ ސަބަބުން އިސްރާއީލުން މި ކަންކަން އާދައިގެ ކަންކަމަށް ހަދާފައިވާކަމުގެ ކަންބޮޑުވުން ހައިދަރު ފާޅުކުރެއްވިއެވެ.

ޔަހޫދީން ފޭރިގެންފައިވާ ބިންތައް އޭގެ ޙައްޤުވެރިންނަށް އަނބުރާ ރައްދުކޮށްދިނުމަށް ވެސް ހައިދަރު ގޮވާލެއްވިއެވެ. އަދި ވީޓޯގެ ސަބަބުން ފަލަސްތީން މިނިވަން ދައުކަތެއްގެ ގޮތުގައި ކަނޑައެޅުމަށް ހުރަސްތަކާ ކުރިމަތިވަމުންދާކަން ހައިދަރު ހާމަކުރެއްވިއެވެ.

މިހާރު ވެސް ދިހަ ހާހެއްހާ މީހުން ފަލަސްތީނުގެ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ތެރޭގައި ވީނުވިއެއް ނޭނގި ތާށިވެފައިވާކަމަށް ބެލެވެއެވެ. ހަމައެހެންމެ ގެއްލިގެން ދިޔަ ފުރާނަތަކުގެ އަދަދު ތިރީސް ފަސް ހާހާ ގާތްކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-