-Advertisement-

-Advertisement-

ޢިލްމުވެރިންނާއި އިމާމުންގެ ޓީމެއް ސައުދީއަށް

މިދަތުރުގައި ޖުމްލަ 18 ބޭފުޅުން ބައިވެރިވޭ. ފޮޓޯ/މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ރާއްޖޭގައި ޢިލްމުވެރިންނާއި އިމާމުން އުފެއްދުމަށް ހިންގޭ ޤައުމީ މަޝްރޫޢުގެ ދަށުން 18 މެންބަރުންގެ ޓީމެއް އިއްޔެ ސައުދީއަށް  ފުރައިފިއެވެ.

އިއްޔެ ސައުދީއަށް ފޮނުވާލި ޓީމުގެ ތަމްރީނުތައް ކުރިއަށް ދާނީ މި މަހުގެ 17ގެ ނިޔަލަށްކަމަށް މައުލޫމާތު ލިބެއެވެ. އެ ބައިވެރިން މައްކާ އަދި މަދީނާގެ ޚާއްޞަ ތަންތަނަށް ޒިޔާރަތް ކުރާނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ ދަށުން މިސްރު، މެލޭޝިޔާ، ބުރޫނާ އަދި އިންޑޮނޭޝިއާއަށް ވެސް މީހުން ފޮނުވުމަށް ހަމަޖެހިފައިވެއެވެ. ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ހިންގާ އިމާމުން ތަމްރީންކުރުމުގެ މި ޤައުމީ މަޝްރޫޢަކީ، އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި މަޝްރޫޢަކީ ދިވެހި ޢިލްމުވެރިންނާއި އިމާމުން އުފެއްދުމަށް މިދިޔަ ފެބުރުވަރީ މަހު ފެށި މަޝްރޫޢެކެވެ. އެގޮތުން އެންމެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ހިންގާފައި ވަނީ ގއ. ގެމަނަފުށީގައެވެ. މި އަހަރު ތެރޭގައި އިމާމުން ތަމްރީނު ކުރުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-