-Advertisement-

-Advertisement-

ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ

މަސްޖިދުލް މަލިކި ސަލްމާން. ފޮޓޯ/މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

2022 ވަނަ އަހަރުން ފެށިގެން ނަމާދުކުރަމުން އަންނަ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅެއްގައި އެ މަނިކުފާނު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީގެ ސަރުކާރާއެކީ މި ކަމުގެ މަޝްވަރާތައް ކުރައްވާފައިވާކަން ހާމަކުރައްވާފައިވެއެވެ. އެ ވާހަކަފުޅުގައި ޝަޙީމް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ހަރަމްފުޅުގެ އިމާމެއް ގެންނެވުމުގެ މަޝްވަރާ ވެސް އެ މަނިކުފާނު ވަނީ ކުރައްވަމުންނެވެ. މި އިންތިޒާމު ހަމަޖެއްސެވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް މަސައްކަތްކުރައްވަމުން އެ ގެންދަވަނީ މި އަހަރުގެ ހައްޖުގެ ފަހުން ކަމަށް ޝަޙީމް ވިދާޅުވިއެވެ.

ސަލްމާން މިސްކިތަނީ ކުރީގެ ރައީސް، ރައީސް ޔާމީނުގެ ދައުތުގައި ބިނާ ކުރެވުނު މިސްކިތެކެވެ. މި މިސްކިތަކީ މާލޭގައި ހުރި އެންމެ ޖާގަ ތަނަވަސް އެއް މިސްކިތްކަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މި މިސްކިތަކީ އެއްފަހަރާ 4000 މީހުނަށް ނަމާދު ކުރެވޭ ގޮތަށް ބިނާކުރެވިފައި ހުރި މިސްކިތެކެވެ. މީގެ އިތުރުން ސަލްމާން މިސްކިތުގެ އެކި ފަންގިފިލާތަކަކީ ތަފާތު ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ މިސްކިތެއްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ތިން ވަނަ ފަންގިފިލާގައި ހަދާފައިވާ 4 ކްލާސްރޫމާއި 5 ސެމިނާ ރޫމާއި އިސްލާމިކް ލައިބްރަރީ އަދި ހަތަރު ވަނަ ފަންގިފިލާގައި ޤާޢިމުކުރެވިފައިވާ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމް ފާހަގަކޮށްލެވެއެވެ.

ސަލްމާން މިސްކިތަކީ ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ރާއްޖޭގައި ބިނާކުރި މިސްކިތެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-