-Advertisement-

-Advertisement-

މީޑިޔާތަކަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ؛ ފޮޓޯ / އެޗްޑީސީ

ރާއްޖޭގައި ހިންގާ މީޑިޔާތަކުގެ އޮފީސްތައް ހިންގުމަށް ޚާއްސަކޮށްގެން ސަރުކާރުން ހުޅުމާލޭގައި ބިމެއް ހަމަޖައްސައިފައިވާ ކަމުގައި ނައިބްރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީ.އެސް.އެމްއަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ނައިބްރައީސް ވިދާޅުވީ،  ހަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދައުލަތުގެ މީޑިއާވެސް އަދި އެހެނިހެން މީޑިއާތަކުގެވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ހައްލެއް ގެނައުމަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

އެގޮތުން ޚާއްސަ އުސޫލެއް ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ފުރަތަމަ މީޑިޔާތަކަށް ޚައްސަ ކުރެވިގެން ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސައިފައި ވާނެކަމުގައި ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.

“ރައްޔިތުން ރައީސްއަށް ކުރެއްވި ފުރިހަމަ އިތުބާރާއެކުގައި ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވަނީ. މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވަނީ” – ނައިބު ރައީސް

މީގެ އިތުރުން ނައިބްރައީސް ގެ ވާހަކަ ފުޅުގައ ވިދާޅުވި ގޮތުގައި، 2023 ގެ ރިޔާސީ އިންހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް މުއިއްޒު އިންތިގާލީ މަރުޙަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއްކަމަށެވެ.

އަދި އެ ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދުމަށް މަސައްކަތް ފެށިގެން ގޮއްސައި ވާކަމުގައިވެސް ނައިބްރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ވިދާޅުވެފައެވެ.

ޤައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމުގައިވެސް ނައިބްރައީސް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-