-Advertisement-

-Advertisement-

ހަ ރަށެެއްގެ ބައި އިލެކްޝަންގެ ވޯޓްލުން ފަށައިފި

ޖަނަވަރީ 14, 2022 - މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގެ ވޯޓު ލުމުގެ ތެރެއިން. ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހަ ރަށެއްގެ ކައުންސިލްތަކުގައި ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަނުކުރުމަށް ބާއްވާ ބައި އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު 08:00ން ފަށައިގެން ކުރިއަށްދަނީ، މ. މަޑުއްވަރީގެ ކައުންސިލްގެ ރައީސް ހޮވުމަށާއި ހއ. އުތީމު، ނ.ލަންދޫ ، ނ. ވެލިދޫ ކައުންސިލް މެންބަރަކު ހޮވުމަށާއި ހއ. ތުރާކުނާއި ރ. އިންނަމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންތަކުގެ ވޯޓު ލުމެވެ.

މި ބައި އިލެކްޝަންތަކުގެ ވޯޓުލުން މިއަދު 08:00ން ފެށިގެން 16:00އި ހަމައަށް ކުރިއަށްދާނެއެވެ.

އެގޮތުން މި ބައި އިލެކްޝަންތަކުގެ ވޯޓުލުމަށް ޖުމުލަ 11 ވޯޓު ފޮށްޓެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަހައްޓައިފައެވެ.

ރަށްރަށުގެ ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އައްޔަނު ކޮށްފައިވާ މެމްބަރުން މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެން ގާތް ގާތުގައި ގިނަ ރަށްތަކެއްގެ ބައި އިލެކްޝަންސް ބާއްވަން ޖެހުމުގެ ކަންބޮޑުވުން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ފާޅުކޮށްފައެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން ވިދާޅުވިގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ކޮންމެ މަހަކު ތިނެއް ނުވަތަ ހަތަރު މެންބަރުން އިސްތިއުފާ ދިނުމުގެ ސަބަބުން އެ ހުސްވާ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް ބައި އިލެކްޝަންތައް ބޭއްވުމަށް ބޮޑު ހަރަދެއް ކުރަންޖެހެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-