-Advertisement-

-Advertisement-

ހުއްދަނެތި ވިލިމާލޭ ފަޅުގައި އަޅައިފައިވާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފި

ވިލިމާލެ ؛ ފޮޓޯ/ ސަ،ުދްރަ މޯލްޑިވްސް

ހާއްސަ ކުރެވިފައިވާ ހުއްދަ ނެތި ވިލިމާލޭ ފަޅުގައި އަޅައިފައިހުރި އޮޑިދޯނި ފަހަރާއި ލޯންޗްތަކުގައި ސްޓިކާ ޖަހަން ފަށައިފިއެވެ.

މިކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުއްދަ ނެތި ވިލިމާލޭ ފަޅުގައި އަޅައިފައިހުރި އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފައިވާކަމަށެވެ.

މާލޭ ސިޓި ކައުންސިލްގެ ފަރާތުން މިދިޔަ މާރިޗް މަހު ކުރި ޕޯސްޓެއްގައި ވަނީ، ވިލިމާލޭ ފަޅުގައި ހުއްދަނެތި އަޅާފައި ހުރި އުޅަނދުތަކުގެ ލިސްޓެއް  ހަދަމުންދާ ކަމަށާއި މި ލިސްޓު ނެގުމަށްފަހު އެ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށާނެ ކަމަށް ބުނެފައެވެ.

ގަވާއިދާ ހިލާފަށް ފަޅުގައި ދޯނި އެޅުމުން ފުރަތަމަ ފަހަރު 100 ރުފިޔާގެ ޖޫރިމަނާއެއް ކުރާއިރު، ދެވަނަ ފަހަރު ޖޫރިމަނާ ކުރަނީ 150ރ. އިންނެވެ. އަދި އެ މައްސަލަ ތަކުރާރުވާ ކޮންމެ ފަހަރަކު ކަނޑައެޅިފައިވާ އުސޫލަކުން ޖޫރިމަނާ ބޮޑުވަމުންދާނެ ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ..

މާލެ ސަރަހައްދުގެ އެކި ފަޅުތަކުގައި ދޯނިފަހަރު އެޅުމަށް ކަނޑައަޅާފައިވަނީ އެކި އަގުތަކެވެ. އަގު ނެގުމުގައި ދޯނީގެ ބޮޑުމިނަށާއި ދޯނި ބާއްވާ ވަގުތަށް ވެސް ބަލާނެއެވެ.

މާލެއާއި ވިލިމާލޭގެ ފަޅުގެ ގަވާއިދުގައި ބުނާ ގޮތުން މާލެ ހުޅަނގު ބަނދަރުން ދާއިމީ ހުއްދައެއް ދެނީ ދުވާލަކު މީޓަރަކަށް އެއް ރުފިޔާ ދައްކައިގެންނެވެ. އަދި ވަގުތީ ގޮތުން ފަޅުތެރޭގައި ދޯނި ބާއްވާ ފުރަތަމަ ތިން ދުވަހު މީޓަރަކަށް ދުވާލަކު 10 ރުފިޔާ ނަގާއިރު ދެވަނަ ތިން ދުވަހަށް ނަގަނީ މީޓަރަކަށް ދުވާލަކު 15ރ. ގެ ރޭޓުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-