-Advertisement-

-Advertisement-

16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރު ކުރި ބޯޓެއް ގިރިއަކަށް އަރައިފި

މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓު ފަރަށް އެރުން -- ފޮޓޯ: އެމްއެންޑީއެފް

މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ރޭ ގިރިއަކަށް އަރައިފިއެވެ.

16 މީހުންނާއެކު ދަތުރުކުރި ” ރޯޝަނީ ” ނަމަކަށް ކިޔާ މި ބޯޓު އަރައިފައިވަނީ ވ އަތޮޅު ގިރިއަކަށެވެ.

އެމްއެންޑީއެފްއިން ބުނީ، މި ބޯޓު ފަރަށް އެރުމާ ގުޅިގެން މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު އަރައިފައިވަނީ ވ އަތޮޅު އަލިމަތާ ރިސޯޓު ކައިރި އޮތް ގިރިއަކަށެވެ.

މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުން އަންނަ އިރު ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-