-Advertisement-

-Advertisement-

ހައްޖު މޫސުމަށް މައްކާގައި ސެކިއުރިޓީ ޗެކްޕޮއިޓްތައް އިތުރު ކުރަނީ

މައްކާގެ ހަރަމްގައި ސެކިއުރިޓީ ބަލަހައްޓަމުން ދަނީ. ފޮޓޯ: އެސްޕީއޭ

ހައްޖުވެރިންނާ ސުވާލުކޮށް ފާސްކުރާ ސެކިއުރިޓީ ޗެކްޕޮއިޓްތައް މި އަހަރު އިތުރުވާނެ ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.

ސެކިއުރިޓީ ޗެކްޕޮއިޓްތައް އިތުރު ކުރަން ޖެހުނީ ތޮއްޖެހުން ކުޑަކޮށް، ހައްޖުވެރިންނަށް ފަސޭހަވާނެ އިންތިޒާމަކުން ކަންކަން ކުރިއަށް ގެނދިއުމަށްކަމަށް ސައުދީ އަރަބިއްޔާގެ ކަމާބޭހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. ސައުދީގެ ޖެނެރަލް ޑައިރެކްޓޮރޭޓް އޮފް ޕަބްލިކް ސެކިޔުރިޓީން ހާމަކުރާ ގޮތުގައި މި ގޮތަށް ކަނޑައަޅަށް ޖެހުނީ ގަވާއިދާ ޚިލާފަށް ހައްޖުވެރިން އުޅޭ ސަރަހައްދަށް އެތެރެވާ ފަރާތްތައް ހުއްޓުވުމަށެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ އެ މީހަކު ނިސްބަތްވާ ޤައުމެއްގެ ރަސްމީ ލިޔުމެއް ނެތި މި އަހަރު ހައްޖުވުމަށް އެތެރެ ނުވެވޭނެކަމަށެވެ.

އެ ބަޔާނުގައި އިލްތިމާސްކޮށްފައިވާ ގޮތުގައި ކޮންމެ ފަރާތަކުން ވެސް ރަސްމީ ލިޔުމެއް ހިފައިގެން އުޅުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ މައްކާއަށް ވަންނަ މަގުތަކުގައި ސެކިއުރިޓީ އޮފިޝަލުން ވަކިން ޚާއްޞަކޮށް ހަރަކާތްތެރިވަމުން ދާނެތީއެވެ. ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ދެނެގަނެވޭ ހިސާބުން ވަގުތުން އެ ސަރަހައްދުން ބޭރުކުރެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ގަވާއިދާ އެއްގޮތަށް އެތެރެވާ ފަރާތްތައް ވެސް އެ ފަރާތަކަށް ދެވިފައިވާ ފާސް ކޮންމެ ތަނަކަށް ދިއަސް އަތުގައި ބޭއްވުން ވަރަށް މުހިންމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-