-Advertisement-

-Advertisement-

ޑިސްކައުންޓް ހިމެނުމު ކުރިން ބިލް ދެއްކި ފަރާތްތަކަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދެނީ!

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ފާއިތުވި މަހުގެ ކަރަންޓް ބިލް އާންމު ރޭޓަށްވުރެ ބޮޑުވުމުގެ ސަބަބުން ރަމަޟާން މަހުގެ ބާކީ ބައިގެ ބިލުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން ނިންމުމުގެ ކުރިން މި ނުމުނު މަހުގެ ކަރަންޓް ބިލް ދެއްކި ފަރާތްތަކަށް އަންނަ މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯގެ މެނޭޖިނގް ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިލަށް ޑިސްކައުންޓް ދޭން ނިންމުމުގެ ކުރިން ބިލު ދެއްކި ފަރާތްތަކުގެ އަންނަ މަހުގެ ބިލުން އެ ފައިސާ އުނިކުރާނެ ކަމަށެވެ.

އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލުތަކުގައި ޑިސްކައުންޓް ހިމަނާފައިވާ އިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވަމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން މި ނިމުނު މަހުގެ ބިލުގެ ޑިސްކައުންޓް ދިން އިރު ބިލުން ފަރަގުވާ އަދަދު އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާކަމުގައިވެސް ފަހުމީގެ ޕޯސްޓްގައި ބުނެފައިވެއެވެ.

އެގޮތުން މި ފާއިތުވި ރަމަޟާން މަހު ސްޓެލްކޯއިން 20 މިލިޔަން ރުފިޔާގެ ޑިސްކައުންޓެއް ކަރަންޓްބިލަތަކަށް ދީފައިވާކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި އަބަދުވެސް ސްޓެލްކޯއިން ދެމި އޮންނާނެކަމުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-