-Advertisement-

-Advertisement-

އޭޕްރީލް މަހުގެ ފެން ބިލުންވެސް ޑިސްކައުންޓް!

ފޮޓޯ: އެމްޑާބްލިއުއެސްސީ

މިދިޔަ އޭޕްރީލް މަހުގެ ފެން ބިލު، އޢގެ ކުރީ މާރިޗް މަހު ޑިސްކައުންޓް ހިމަނައިގެން ފޮނުވި ބިލަށްވުރެ ބޮޑުވާނަމަ އޭޕްރީލް މަހުގެ ބިލުން ބޮޑުވި ބައި ކަނޑައިދިނުމަށް އެމްޑަބްލިއުއެސްސީން ނިންމައިފިއެވެ.

އެކަން ހާމަކޮށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައި ވާނީ ރޯދަ މަހުގެ ތެރޭގައި 11 މާޗް އިން 11 އެޕްރީލްގެ ނިޔަލަށް ފޮނުވި ބިލްތަކަށް ކަމަށެވެ.

އެގޮތުން އޭޕްރީލް މަހުގެ ބިލަށް 10 ޕަސެންޓްގެ ޑިސްކައުންޓް ދޭ އިރު، އެ އެ ބިލްގައި މާޗް މަހުގެ ބިލަށް ވުރެ ބޮޑު ނަމަ، އެ އަދަދު އިތުރަށް ކުޑަ ކުރާނެ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތަށް ބިލްގެ އަދަދު މާޗް މަހުގެ ބިލާ އެއް ހަމަކުރާ އިރު އެ ބިލްގެ އަދަދު 10 ޕަސެންޓަށް ވުރެ ކުޑަ ނަމަ، އެ ބިލްގެ އަދަދު 10 ޕަސެންޓާ ހަމައަށް ކުޑަ ކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ހިދުމަތް ދޭ ގޭބީސީތަކުގެ ބިލްތަކުން ވެސް 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ، އެ ކުންފުނިން ބުނީ، ބިލްތަކަށް ގެނައި މި ބަދަލުތަކުގެ ތަފްސީލުތައް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ފޮނުވަމުން ގެންދާނެ ކަމަށާއި އަދި މި ވަގުތު ބިލް ފޮނުވާފައިވާ ފަރާތްތަކަށް ވެސް ޑިސްކައުންޓް ލިބުމުން ބިލަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އާންމުކުރާނެ ކަމަށެވެ.

ރަމާޟާން މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައި ދިނުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަރަންޓާއި ފެން ބިލަށް އެހެން މަސް މަހަށްވުރެ ރޯދަ މަހު އިތުރުވާ އެވްރެޖު އަދަދަށް ޑިސްކައުންޓު ދޭން ނިންމައިފައެވެ.

މިދިޔަ މަހުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ކުންފުނިތަކުން ނިންމާފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ ބިލްތަކުން ޑިސްކައުންޓް ދީފައިނުވާތީ، އެ ބިލުތައް އިސްލާހުކުރަން ކުރުމަށް ސަރުކާރުން އެ ކުންފުނިތަކަށް އެންގުމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-