-Advertisement-

-Advertisement-

ފަރަށް އެރި ނާލު ބޯޓު ފުންކޮށްފި!

މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓު ފަރަށް އެރުން -- ފޮޓޯ: އެމްއެންޑީއެފް

މުދާ ބަރުކޮށްގެން ގދ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ވ. އަތޮޅު ފުލިދުއާއި ތިނަދުއާ ދޭތެރޭ އޮންނަ ފަރަކަށް އެރި ބޯޓު ފުންކޮށްފި އެވެ.

” ރޯޝަނީ” ނަމަކަށް ކިޔާ މި ބޯޓު ފަރަށް އެރި އިރު އޭގައި 16 ފަސިންޖަރުން ތިބި ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައި ވެއެވެ.

އެހެން ނަމަވެސް ބޯޓުގައި ތިބި އެއްވެސް މީހަކަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

އެގޮތުން އެ ބޯޓު ފުންކުރީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުންނާއި އެ ބޯޓުގެ ފަޅުވެރިން ގުޅިގެން ކަމަށާއި ބޯޓު ފުންކުރެވުނީ މިއަދު މެންދުރު ކުރިން 11:10ގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ބޯޓު ފަރަށް އެރި އިރު ބޯޓުގައި 6 މިލިޔަނެއްހާ ރުފިޔާގެ މުދާ ހުރި ކަމުގައި މައުލޫމާތު ލިބެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-