-Advertisement-

-Advertisement-

ޖާބިރުގެ އިސްތިއުފާގެ ސިޓީ ނުލިބޭ – މަޖިލީސް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ޖާބިރު ވަނީ ބޮޑު ފަރަގަކުން ބަލިވެފައި.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޤާމުން އިސްތިއުފާދެއްވިކަން ހާމަކުރާ ސިޓީ އަދި ނުލިބޭކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފިއެވެ.

މި ކަމާ ގުޅިގެން ޖާބިރު ވަކި އެއްޗެއް އަދި ވިދާޅުވެފައި ނުވާ އިރު ޖާބިރުގެ ގާނޫނީ ވަކީލަކު މިދިޔަ ހުކުރު ދުވަހު ވަނީ ޖާބިރު އިސްތިއުފާ ދެއްވި ކަމުގެ މައުލޫމާތު މީޑިއާތަކަށް ދީފައެވެ. އެހެންނަމަވެސް އެ ދުވަހު ވެސް މަޖިލީހަށް ސިޓީ ނުލިބޭކަމަށް މަޖިލީހުން ބުނި ކަމަށް މީޑިއާތަކުން ހާމަކޮށްފައިވެއެވެ. އެއަށް ފަހު މަޖިލީހާ މިއަދު ވެސް އެ ސުވާލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވެފައި ވަނީ ޖާބިރު އިސްތިއުފާދެއްވިކަން އަންގާ ރަސްމީ ލިޔުމެއް ލިބިފައިނުވާކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ޖާބިރު ވަނީ ބޮޑު ފަރަގަކުން ބަލިވެފައެވެ. އެ އިންތިހާބު ކުރިއަށް ދިޔައީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-