-Advertisement-

-Advertisement-

އައިޖީއެމްއެޗްގައި 6 ކުއްޖަކަށް ޑެންގޫ ހުން ޖެހި ފަރުވާ ދެނީ

އައިޖީއެމްއެޗް ހޮސްޕިޓަލް

ޑެންގޫ ހުން ޖެހުނު 6 ކުޑަ ކުދިންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަން އެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑޮކްޓަރަކު ހާމަކުރައްވައިފިއެވެ.

މި ވަގުތު 6 ކުދިންނަށް ފަރުވާ ދެމުންދާކަން އާންމު ކުރެއްވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އަޙްމަދު ފައިސަލެވެ. ފައިސަލް މި ކަން ހާމަކުރެއްވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

ފައިސަލްގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ މީގެ ތެރެއިން ބައެއް ކުދިންނަށް ލޭ ބޭނުންވާކަމެވެ. ފައިސަލް އިލްތިމާސް ކުރައްވާފައިވަނީ މިއީ ފުރާނައަށް ނުރައްކާތެރި ބައްޔެއްކަން ހަނދާން ނައްތާނުލުމަށެވެ. އަދި މި ބަލިން އެންމެން ރައްކާތެރިވުމަށް ވެސް ފައިސަލްގެ ޕޯސްޓްގައި އިލްތިމާސް ކުރެއްވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އިތުރު ދުވަސްވަރެކެވެ. އެގޮތުން މިދިޔަ މަހު އެކަނި ވެސް މާލެ ސަރަހައްދުން ޗިކުންގުންޔާ ބަލި ޖެހިގެން 59 ކޭސް ރިޕޯޓުކުރެވިފައިވެއެވެ. މިއީ ވެސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-