-Advertisement-

-Advertisement-

ފުލުހުންގެ ލޯގޯ ބޭނުން ކޮށްގެން ފައިސާ ހޯދާ މައްސަލައެއް

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ރައްޔިތުންގެ އަތުން ފައިސާ ހޯދާ މައްސަލައެއް ފެންމަތިވެފައިވާތީ އެ ކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ލޯގޯ ބޭނުން ކޮށްގެން އެކި ފަރާތްތަކަށް ގުޅަމުން ދަނީ ވަޓްސްއެޕް މެދުވެރިކޮށެވެ. އަދި އެ ފަރާތްތަކުން ބޭނުން ކުރަމުންދަނީ ރާއްޖެއިން ބޭރުގެ ނަމްބަރުތަކެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ފަރާތްތަކުން ބޭނުންކުރަމުން ދަނީ ކެނެޑާގެ ނަންބަރުތަކެކެވެ. މި ކަމާ ގުޅިގެން ފުލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށެވެ.

މީގެ އިތުރުން މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލްގެ ނަމުގައި ހިންގާ ވިޔަފާރިއަކުން ވެހިކަލް ގެނެސްދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއް ވެސް ދާދި ފަހުން މި ވަނީ ފެންމަތިވެފައެވެ.

މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-