-Advertisement-

-Advertisement-

ގިނަ ދުވަސްވެފައިވާ އައްޑޫގެ ފެނުގެ މައްސަލަ ހައްލުކުރަނީ!

އައްޑޫ ސިޓީ. ފޮޓޯ؛ ދަ ޓައިމްސް އޮފް އައްޑޫ

ގިނަ އަހަރުތަކެއް ވަންދެން ހައްލު ނުވެ ގިނަ ދުވަސްވެފައިވާ އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކުގެ ފެނުގެ މައްސަލަ ހައްލުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްއީއާއި ހަވާލުކޮށްފިއެވެ.

މިކަން ހާމަކޮށް ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ އާބާދީ ބޮޑުވުމުގެ ސަބަބުން އެ ކުންފުނިން އުފައްދާ ފެން ބޭނުންކުރާ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަމަށެވެ.

އެކަމުގެ ސަބަބުން މިހާރު ހަރުކުރެވިފައިވާ ޕްލާންޓުން އުފެއްދޭ ފެނަށްވުރެ ބޭނުން ކުރާ ފެނުމުގެ ނިސްބަތް އިތުރު ވެފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ނިމިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ވެސް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ފާއިތުވި ފަސް އަހަރު ފެނުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެން ވާ މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަކޮށް އެ ކުންފުނީގެ ބަޔާނުގައި ވަނީ،  މި ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާތަކާއި މަޝްވަރާ ކުރެވި، އައްޑޫސިޓީގެ ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްއީ އާއި ހަވާލުކޮށްފައިވާކަމަށެވެ.

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ހަވާލުކުރި މި ޕްރިޖެކްޓް ނިމުމަށްފަހު، އައްޑޫސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

އަދި މި މުއްދަތުގައިވެސް އެ ސިޓީއަށް ދެމުން ގެންދާ ފެނުގެ ޚިދުމަތް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމުގައި ފެނަކަ ކޯޕަރޭޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި މި ހައްސާސް ދަނޑިވަޅުގައި އައްޑުސިޓީގެ އެންމެހާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-