-Advertisement-

-Advertisement-

ނަޝީދަށް ދިން ހަމަލާގެ ޝަރީޢަތް އަވަސްކުރުމަށް އަސްލަމް ގޮވާލައިފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

 

މީގެ ތިން އަހަރު ކުރިން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ޙަމަލާގެ ޝަރީޢަތް އަވަސް ކުރުމަށާއި ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.

2021 ވަނަ އަހަރުގެ މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ އޭރުރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދު އެމަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގަންނަވަނިކޮށް ބޮމުގެ ހަމަލާ ދިނީ ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ހިސާބުންނެވެ.

މި ހަމަލާއަށް މިއަދާއި ހަމައަށްވެސް އިންސާފު ނުލިބި ލަސްވެފައިވާތީ، އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލިހުގެ ރައީސް އަސްލަމް ވަނީ، މި ހަމަލާގެ ޝަރީޢަތްތައް އަވަސްކޮށް މައްސަލަ އަވަސްކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލިސްގެ ނަމުގައި އަޅުގަނޑު އެދެނީ، ރައްޔިތުންގެ މަޖިލީހުން މިކަމާ ގުޅިގެން ތައްޔާރުކޮށް އާންމުކުރެވިފައިވާ އިންކުއަރީ ރިޕޯޓުގައި ހިމެނިފައިވާ ރިކޮމެންޑޭޝަންތަކަށް ވީހާ ވެސް އަވަހަކަށް ފުރިހަމައަށް އަމަލު ކުރެވުން – މަޖިލިހުގެ ރައީސް އަސްލަމް

މި ހަމަލާގައި ނަޝީދަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު އެ ޒަހަމްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގް އަދި މުހައްމަދު ނާޒިމްގެ މައްޗަށެވެ. މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-