-Advertisement-

-Advertisement-

އިންޑަސްޓްރިއަލް ޒޯނުއިން 928 ޓަނުގެ ކުނި ނަގާ ސާފުކުރެވިއްޖެ: ވެމްކޯ

އިންޑަސްޓްރިއަލް ޒޯން – ފޮޓޯ: ސައުވީސް

މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތުގައި މިހާތަނަށް 928 ޓަނުގެ ކުނި ނެގިފައިވާކަން ވެމްކޯއިން އާންމުކޮށްފިއެވެ.

ވެމްކޯއިން މި ކަން އާންމުކޮށްފައި ވަނީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން ފެށުނު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ. މި މަސައްކަތުގައި އިތުރަށް ބައިވެރިވަނީ ވެމްކޯގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާކަން ފާހަގަކޮށްލެވެއެވެ.

ފަހަކަށް އައިސް އިންޑަސްޓްރިއަލް ޒޯނުގައި ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގާކަމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެހެންކަމުން އެ ކަން ހުއްޓުވުމުގެ ގޮތުން ކައުންސިލުގެ އިސްނެގުމުގެ މަތިން އެ ސަރަހައްދުގައި ލައިޓް ޖަހައި އަލި ކުރުމުގެ މަސައްކަތް ކުރާނެކަމަށް ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވަނީ މީޑިއާތަކަށް މައުލޫމާތުދީފައެވެ. މީގެ އިތުރުން އެ ސަރަހައްދު ކުރިއަށް އޮތް ތަނުގައި ގޭޓް ޖަހައި ބަންދުކުރެވޭނެ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެ ސަރަހައްދު ގިނަ ދުވަސްތަކަކަށް ހަޑިކޮށް އޮތުމާ ގުޅިގެން ގިނަ ބަލިތަކެއް ވެސް ވަނީ ފެތުރެން ފަށާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-