-Advertisement-

-Advertisement-

މިހާތަނަށް އިންޑިއާ ސިފައިންގެ 51 މީހަކު ފޮނުވާލާފި: ސަރުކާރު

ހީނާ ވަލީދު – ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މި ވަގުތު ތިބި އިންޑިއާ ސިފައިންގެ ތެރެއިން 51 މީހަކު އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލެވިފައިވާކަމަށް ރައީސްއޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވެފައި ވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުންލަގޮތެއްގައި ރާއްޖޭގެ 3 ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުންގޮސްފައިވެއެވެ. އޭގެތެރެއިން 2 ޕްލެޓްފޯމެއްގައި ހަރަކާތްތެރިވަމުން ދިޔަ 51 މީހަކު ފޮނުވާލެވިފައިވާކަން ހީނާ ހާމަކުރެއްވިއެވެ.

ހިނގަމުން މިދާ މޭ މަހުގެ 10ގެ ނިޔަލަށް ބާކީ ތިބި ފުލުހުން ރާއްޖެއިން ފޮނުވާލުމުގެ ކަންކަން ނިންމާލެވޭނެކަމަށް ހީނާ އިތުރަށް ވިދާޅުވިއެވެ. އަދި އޭގެ ފަހުން މިކަމާ ގުޅޭ އިތުރު މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރެވޭނެ ކަމަށް ހީނާ ވަނީ މި ބައްދަލުވުމުގައި ހާމަކުރައްވާފައެވެ.

ރާއްޖެއާއި އިންޑިއާގެ އެންމެ އިސް އޮފިޝަލުންގެ މެދުގައި މި ވަގުތު ތިބި ސިފައިން ފޮނުވާލުމުގެ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންދާކަމުގެ މައުލޫމާތު ވެސް ލިބިފައިވެއެވެ. މި ބައްދަލުވުންތައް ކުރިއަށް ދަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. އެގޮތުން މި ހައި ލެވަލް ކޯ ގްރޫޕްގެ 4 ވަނަ ބައްދަލުވުމުގައި ވަނީ އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ކޮންމެ ޤައުމަކުން ވެސް ވަނީ އެ ބައްދަލުވުމާ ގުޅޭ ގޮތުން ބަޔާނެއް ވެސް ނެރެފައެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލެއްގެ ދަށުން ކުރިއަށްދާކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-