-Advertisement-

-Advertisement-

ޗިކުންގުންޔާއާއި ޑެންގޫ ކޭސްތައް ކުއްލިއަކަށް މައްޗަށް

އައިޖީއެމްއެޗް / ފޮޓޯ: ސަން

މިދިޔަ މަހުގެ 28ން ފެށިގެން މި މަހުގެ 4ގެ ނިޔަލަށް ޗިކުންގުންޔާގެ 117 ކޭސްއާއި ޑެންގޫގެ 40 ކޭސް ރިޕޯޓުކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ މިހާތަނަށް މި ދެ ބަލި ވެސް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވާކަން ފާހަގަކޮށްލެވެނީ ނިމިދިޔަ އެޕްރީލް މަހުއެވެ. އެއީ ޑެންގޫގެ 239 ކޭސް އަދި ޗިކުންގުންޔާގެ 177 ކޭސްއެވެ.

ޖުމްލަގޮތެއްގައި މި އަހަރުތެރޭގައި ޑެންގޫ ޖެހިގެން ރިޕޯޓު ކުރާ މީހުން ގިނަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗިކުންގުންޔާ ފެތުރެން ފަށާފައި ވަނީ މާޗް މަހުން ފެށިގެންކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން މާރިޗު މަހު ރިޕޯޓު ކޮށްފައިވަނީ ޗިކުންގުންޔާގެ 5 ކޭހެކެވެ.

މިހާތަނަށް އައި އިރު މި ބަލިތަކުގައި ގިނައިން މީހުން ރިޕޯޓުކޮށްފައި ހުރީ މާލޭ ސަރަހައްދުންކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މާލޭގެ ސަލާމަތީ ކަންކަން ދެމެހެއްޓުމަށް ސިޓީ ކައުންސިލުން ވަނީ ދާދި ފަހުން މާލޭ ސަރަހައްދު ފޮގް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-