-Advertisement-

-Advertisement-

ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާއާ ހަމައަށް ލިބޭ ލޯނެއް ތަޢާރަފްކޮށްފި

ބީއެމްއެލް އިން ތައާރަފް ކުރި ލޯނާއި ގުޅޭ ޕޯސްޓަރެއް: ފޮޓޯ/ ބީއެމްއެލް

ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ހައުސިން އަށް އަމާޒުކޮށްގެން އައު ލޯނު ޕްރޮޑަކްޓް ތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން އަލަށް ތަޢާރަފްކުރި މި ލޯނުގެ ދަށުން އެއްވެސް ރަހުނަކާއި ނުލައި އެއް މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ނެގޭނެއެވެ.

15 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން އަނބުރާ ދެއްކޭ ގޮތަށް ފަރުމާ ކުރެވުނު މިލޯނު، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު އިމާރާތް ކުރުމަށް ނެގޭނެ ކަމުގައި ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބީއެމްއެލް އިން ވަނީ ހޯމް އިކުއިޓީ ލޯނެއްވެސް ތައާރަފްކޮށްފައެވެ.

އަލަށް ތައާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ.
ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބެއެވެ.

އެގޮތުން އަލަށް ތައާރަފްކުރި މި ދެ ލޯނަކީވެސް އިތުރު ރަހުނެއް ބޭނުންނުވާ، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމާތުގެ މަސައްކަތް ކުރެވޭނެ ލޯނުތަކެއް ކަމަށް ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވިއެވެ.

މީގެ އިތުރުން  މި ލޯނުތަކަކީ، މުޅި ރާއްޖޭގައި ތިބި ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ލިބޭނެ ގޮތް މަގުފަހިކުރުމަށް ތައާރަފްކުރި ލޯނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-