-Advertisement-

-Advertisement-

މަގުމައްޗަށް ކުނި އެޅި އެކަކު ޑީޕޯޓުކޮށް، 185 މީހުން ޖޫރިމަނާކޮށްފި

ލޭ ސިޓީ ކައުންސިލުން، މާލޭ މަގުމަތިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލު

މާލޭގެ އެކި ސަރަހައްދުތަކުގައި މަގުމައްޗަށް ކުނި އެޅި މައްސަލައިގައި މިހާތަނަށް އެއް މީހަކު ޑީޕޯޓުކޮށް 185 މީހަކު ޖޫރިމާކޮށްފައިވާނެ ކަމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މި ނިމުނު ރޯދަ މަހުން ފެށިގެން ބޮއްސުން ލައިފައިވާ މާލޭ ސަރަހައްދުގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ވެމްކޯ ގުޅިގެން އެތައް މަސައްކަތްތަކެއް ކުރުމަށްފަހުވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާތީ، މާލޭ ސިޓީ ކައުންސިލުން މިހާރު އަންނަނީ މަގުތަކަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަމުންނެވެ.

އެގޮތުން މިހާތަނަށް ޖޫރިމަނާކުރި މީހުންގެ 85 އިންސައްތަ މީހުންނަކީ ބިދޭސީން ކަމުގައި އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ޖޫރިމާ ކުރެވޭ ބިދޭސީގެ ތެރެއިން އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީން ޑީޕޯޓް ކޮށްލަނީ ކަމުގައެވެ. އަދި އެ މަސައްކަތްތައް އިމިގްރޭޝަނާއި ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

މަގުތަކަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަނީ 500ރ. އިންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-