-Advertisement-

-Advertisement-

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާފުޅިތަކެއް

އެކި މައްސަލަތަކުގައި ޅ. އަތޮޅު ޕޮލިސް ސްޓޭޝަންތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ހަމަކުރި މައުލޫމާތުތައް ދައްކާގޮތުން އެ އިދާރާގެ ޅ އަތޮޅު ސްޓޭޝަންތަކުގައި ހުރި  105 ފުޅި ބަނގުރަލާއި 57 ދަޅު ބިޔަރު ވަނީ ނައްތާލައިފައެވެ.

އެގޮތުން ނައްތާލެވުނު ތަކެއްޗަކީ، 2023 އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި އެކި މައްސަލަތަކުގައި ހިންނަވަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ އެކަމަށް ހާއްސަ ކުރެވިފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-