-Advertisement-

-Advertisement-

އިސްރާއީލުން ރަފާ އަށް އެރުން ހުއްޓުވުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފި

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް: އޭނާ ވަނީ ފަލަސްތީނު މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލިސް އިދާރާ

ހައްދުފަހަނަ އަޅާއިފައިވާ އިޒްރާއީލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުންދަ ގަތުލު އާންމުގެ ތެރެއިން ގާޒާގެ ރަފާއަށް އެރުން ހުއްޓުވުމަށް ސަރުކާރަށް ކުރެވެން ހުރި އެންމެހައި ކަންކަމެއް ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް މަޖިލިހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ، އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މަޖިލިހަށް ހުށަހެޅި މި ބިލު ވަނީ 12 މެމްބަރުންގެ ތާއީދާއެކު ބަލައިގަނެ ބިލުގެ ބަހުސްކުރުން މިއަދު މަޖިލިހުގެ ތަޅުމުގައި ކުރިއަށް ގެންގޮއްސައެވެ.

ބަހުސްގައި ވާހަކަ ދެއްކި ހުރިހާ މެންބަރުން ވަނީ ވަރަށް ބޮޑަށް އިޒްރޭލުން ހިންގާ ޖަރީމާތައް ކުށްވެރިކޮށް، ބައެއް މެންބަރުން ވަނީ އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް އެޅެން ހުރީ ކޮން ފިޔަވަޅުތަކެއްތޯ އިތުރަށް ބަލައި އެކަން ކަން ކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.

އެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ސަލީމް ވަނީ، އިޒްރޭލުން އަނެއްކާ ވެސް ވައިގެ މަގުން ހަމަލާ ދޭން ފެށިކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އެ ހަމަލާގައި މިހާތަނަށް 34،000އަށް ވުރެ ގިނަ މީހުން މަރުވެ، 70،000އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ.

އެކަމަކީ މުޅި ދުނިޔެ އިންތިހާއަށް ކަންބޮޑުވާ އެތައް ކަމެއް އުލެވިފައިވާ އަދި އެކަމުގެ ސަބަބުން ރަފާގައި މިހާރުވެސް ނިކަމެތި ހާލުގައި ދިރި އުޅެމުންދާ އެތައް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުން، އިންތިހާ ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ކުއްލި މައްސަލައަށް ތާއީދުކޮށް މައްސަލައިގެ ބަހުސްގައި ބައިވެރިވެވަޑައިގެން، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ޕަލަސްތީނުގެ މައްސަލައަކީ ވަރަށް ކުރިން ވެސް އަޑުއިވޭ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ އަދިވެސް ކުރިއަށްދާން ޖެހެނީ، ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުމުތަކުން އެކަމަށް މަގުފަހިކޮށްދޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން އަބަދު ވެސް ވަކާލާތުކުރަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ފުރުސަތު ލިބެންވާނެ ކަމަށެވެ. އަދި، ބައިނަލްއަޤުވާމީ ބައްދަލުވުންތަކުގައި ވެސް ރާއްޖެއިން އަބަދު ވެސް އެ ގައުމާ އެއްކޮޅަށް ވަކާލާތުކުރެއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-