-Advertisement-

-Advertisement-

މަސްވެރިކަމާ ބެހޭ ކޮލެޖުގެ ކިޔެވުން އޮގަސްޓުމަހު ފަށަނީ

އެމްއެންޔޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ މަސްވެރިކަނ އިތުރަށް ފުޅާކޮށް އެ މަސައްކަތަސް ޒުވާނުން ޝައުގުވެރިކޮށްތަމްރީނު ކުރުމުގެ ގޮތުން މި ނިމުނު މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމެޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން މަސްވެރިކަމާ ބެހޭ ކޮލެޖްގެ ކިޔެވުން އަންނަ އޮގަސްޓް އިންޓޭކްގައި ފެށުމަށް ނިންމައިފިއެވެ.

2024 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރުގައި އެމްއެންޔޫއިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އެމްއެންޔޫގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހަކަ ދައްކަވަމުން އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، އެ ކޯސްތައް ފެށުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރެވެމުން އަންނަ ކަމަށެވެ.

އެގޮތުން މާލޭގައި ގާއިމް ކުރާ މި ކޮލެޖުގެ ކިޔެވުން ފަށާއިރު މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނިމުގެ އިތުރުން ޔުނިވަރސިޓީގައި މިހާރުވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ހިމެނޭނެ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޔޫއިން ރާއްޖޭގެ ބިން ބޮޑު ރަށެއްގައި ދަނޑުވެރިކަމާ ބެހޭ ކޮލެޖެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމުގައި ޝެހެނާޒް ވިދާޅުވިއެވެ.

އެމްއެންޔޫއިން މިހާރު އަންނަނީ މަސްވެރިކަމާބެހޭ ކޮލެޖްގެ ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކަމަށާއި ކޯސްތައް ހިންގުމަށް ޔުނިވަރސިޓީގެ ކޮމިޓީ އޮން ކޯސަސްއިން ހުއްދަ ދިނުމާއެކީގައި އެމްކިޔުއޭގެ ހުއްދައަށް އެދޭނެ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-