-Advertisement-

-Advertisement-

ޓެކްސް ކޮމިޝަނަރގެ މަޤާމަށް ހަސަން ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ އަގުލަބިއްޔަތުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަޤާމަށް ހަސަން ޒަރީރު ހޮވައިފިއެވެ.

އެންމެ ފަހުން އެ މަޤާމު ފުރުއްވީ ފަތުހުﷲ ޖަމީލެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރެއްވުމަށް އެ މަނިކުފާނު ވަނީ ޓެކްސް ކޮމިޝަނަރގެ މަޤާމުން އިސްތިއުފާދެއްވާފައެވެ.

އެ މަޤާމަށް މީހަކު ހޮވުމަށް ރައީސް ޑރ މުޢިއްޒު ވަނީ ޖުމްލަ ދެ ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. ހަސަން ޒަރީރުގެ ކުރިއަށް މި ލިސްޓުގައި ހިމަނުއްވާފައިވަނީ ގއ. ވިލިނގިލި، ވައިޖެހޭގެ، ޔަޒީދު މުޙައްމަދުގެ ނަމެވެ. ޔަޒީދަކީ މީގެ ކުރިން ވެސް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ފުރުއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީއިން އިއްޔެ ވަނީ މި ދެ ބޭފުޅުންބާ އިންޓަވިއު ކުރައްވާފައެވެ. އަދި ރުހުންދިނުމަށް ނެގުނު ވޯޓުގެ ނަތީޖާ ދައްކާގޮތުން ހަސަން ޒަރީރު ކުރި ހޯއްދަވާފައިވަނީ 6 ވޯޓުގެ ފަރަގަކުންނެވެ. އެއީ ޖުމްލަ 10 ވޯޓާއެކުގައެވެ. ޔަޒީދު މުޙައްމަދަށް ލިބިވަޑައިގެންފައިވަނީ 4 ވޯޓެވެ.

ހަސަން ޒަރީރަކީ މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަޤާމު ވެސް ފުރުއްވި ބޭފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-