-Advertisement-

-Advertisement-

އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ވަރަށް މުހިންމު: މިނިސްޓަރ ފައިސަލް

މިނިސްޓަރ ފައިސަލް ދުބާއީގައި އޮތް ފެއާރ އަށް ފަހު ޕްރެސްގައި ވާހަކަދައްކަވަނީ – ފޮޓޯ: އެމްއެމްޕީއާރްސީ

އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖެއަށް ވަރަށް މުހިންމު ބައެއްކަމަށާއި އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ދައުވަތު އަރުވާކަމަށް ޓޫރިޒަމް މިނިސްތަރ އިންބާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނި އިންޑިއާގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ތެރެއިން އިންޑިއާގެ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނަމަކަށް ކިޔާ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއިން އިންޑިއާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާކަމަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖެއިން ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑަށް ޕްރޮމޯޓް ކުރަނީ ރައްކާތެރިކަމާއި އަމަންއަމާންކަންކަމަށެވެ. އިންޑިއާގެ ފަތުވެރިންނަށް ވެސް ރާއްޖެއިން ރައްކާތެރިކަން ކަށަވަރުކަމާއެކު ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ އިންޑިއާއަށް ދެއްވާފައެވެ.

މި އަހަރު ޖެނުއަރީ މަހުގައި މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ބޭ އަދަބީ ބަހުން އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަށް މީސްމީޑިއާގައި ވާހަކަ ދެއްކުމުން އެގައުމުން ފަތުރުވެރިން ރާއްޖެއައުން ވަނީ ވަރަށް މަދުވެފައިއެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިކަމަށް ފާހަގަކޮށްލެވެނީ އިންޑިއާއިންނެވެ. މި އަހަރު ވެސް މިހާތަނަށް 600،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިކަން ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-