-Advertisement-

-Advertisement-

ހދ އަތޮޅުން ތ އަތޮޅާއި ދެމެދަށް ހުދު ސަމާލު!

ވިއްސާރަވެ ކަނޑުގަދަ ވެފައި ވަނިކޮށް ދަތުރުފަތުރުގައި ނިކުމެ އުޅޭ އުޅަނދުތަކެއް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާއިނަ ހދ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ޤައުމީ އިދާރާއިން ނެރުނު ހުދު ސަމާލުގައި ވާގޮތުން މިއަދު ހެނދުނު 7:15 އިން މެންދުރު 13:00 އާއި ހަމައަށް ހދ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ވާނެކަމަށް ލަފާކުރެވެއެވެ.

އެގޮތުން މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ އިރު، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ނެރުނު ހުދު ސަމާލުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުގެ ސަރަހައްދުކަމުގައި ވުމުން ވިއްސާރަވެ މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަކީ އެދެވިގެންވާކަމެކެވެ. އަދި އުދައިގެ އަސަރު ކޮށްފާނެ ރަށްރަށުން އެފަދަ ހާދިސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވެގެން ތިބުމާއި، ބޯކޮށް ވާރޭ ވެހި ފެންބޮޑު ވެދާނެކަމަށް، ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމަސްކުރަމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-