-Advertisement-

-Advertisement-

ތިލަ މާލެ ބްރިޖްގެ 37 އިންސައްތަ މަސައްކަތް ނިމިއްޖެ!

ތިލަމާލެ ބްރިޖް ގެ މަސައްކަތް ކުރިއަށް ދަނީ،: ފޮޓޯ// ޕީއެސްއެމް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ފަށައިގެން ކުރިއަށްދާ މާލެ-ވިލިމާލެ އަދި ގުޅީފަޅު ގުޅުވައިދޭ ބްރިޖްގެ މަޝްރޫއުގެ 37 އިންސަތައް މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތުގެ ފަހުގެ އަދާހަމަ ހިއްސާކުރަމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިދިޔަ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ބްރިޖް މަޝްރޫޢުގައި ނިންމިފައިވަނީ 27 އިންސައްތަ މަސައްކަތް ކަމުގައި ވިދާޅުވެފައެވެ.

އެއާހިލާފަށް މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 5 މަސް ތެރޭގައި ބްރިޖްގެ 8 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށާއި މިހާރު ބްރިޖް މަސައްކަތުގެ 37 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

އިންޑިޔާގެ އެފްކޯންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން، 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

500.20 މިލިއަން ޑޮލަރަށް ހަވާލުކުރި މި މަޝްރޫއަކީ، މިހާތަނަށް އެ އަދަދުގެ 37.33 ޕަސެންޓަށް ވާ 186.72 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އެފްކޯންސްއަށް ދައްކާފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެހެންކަމުން ދެން ބާކީ ދައްކަން ޖެހޭ އަދަދީ 313.48 ޑޮލަރެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-