-Advertisement-

-Advertisement-

މާލޭ ކަސްޓޯޑިއަލް ޖަލަށް ޑްރަގް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި!

މާލޭ ޖަލު. ފޮޓޯ: ރާއްޖެ އެމްވީ

މާލޭ ކަސްޓޯޑިއަލް ޖަލަށް ޑްރަގް ވައްދަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާލޭ ކަސްޓޯޑިއަލް ޖަލަށް  ޑްރަގް އަޅާފައި ހުރި ކޮތަޅެއް ވައްދަން އުޅުނު މައްސަލައިގައި އުމުރުން  41 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ހައްޔަރުކޮށްފައި ވާކަމަށެވެ. އަދި  ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް ތިން ދުވަސް ޖަހާފައި ވާކަމަށެވެ.

އެގޮތުން ދެމީހުންވެސް ކޯޓަށް ހާޒިރުކުރުމުނޮ، އެ އަމަލަކީ މީހަކުބުނެގެން ފައިސާއަށް ކޮށްދިންކަމެއް ކަމުގައި ބުނެފައިވާކަމަށާއި  އެ މީހުންނާ ހަވާލު ކުރީ މާލޭ ކަސްޓޯޑިއަލްއަށް ކޮތަޅެއް ގެންދިޔުމަށް ކަމުގައި ދެމީހުންވެސް ބުނެފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ބަންދުކޮށްފައި މީހުން ބައިތިއްބާ މަރުކަޒަކަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކުރެވޭއިރު އެ ދެ މީހުންނަކީ ވެސް ހައްޔަރާއި ބަންދު ރެކޯޑު ގިނަ ދެ މީހުން ކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މި ދެމީހުންނަކީވެސް ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ދެމީހުން ކަމުގައިވުމުން ދެމީހުންވެސް ބަންދުކުރުމަށް ނިންމާފައިވާކަމަށް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-