-Advertisement-

-Advertisement-

އެއާޕޯޓުގައި މާރާމާރީ ހިންގި އެމެރިކާ މީހާއަށް ރާއްޖެއިން ނުފުރޭ ގޮތަށް ދޫކޮށްލައިފި

ވީއައިއޭގައި ހިންގި މާރާމާރީގައި ހައްޔަރުކުރި ބިދޭސީ މީހާ --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ހަމަނުޖެހުން ހިންގައި މުވައްޒަފުންތަކެއްގެ ގައިގައި ޖެހި އެމެރިކާ މީހާއަށް ރާއްޖެއިން ނުފުރޭ ގޮތަށް ބަންދުން ދޫކޮށްލައިފިއެވެ.

އެއާޕޯޓުގައި މާރާމާރީ ހިންގި މީހާ ހައްޔަރުކޮށް އޭނާއާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އޭނާ ދޫކޮށްލީ ތިން ޝަރުތަކާއިއެކުއެވެ.  އެގޮތުން އެ ތިން ޝަރުތުން ޝަރުތަކާއި ޚިލާފުވެއްޖެނަމަ، ބަންދުކުރާނެ ކަމަށްވެސް އެ ކޯޓުގެ އަމުރުގައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމެރިކާ މީހާގެ މައްޗަށް ޝަރުތު ކޮށްފައިވަނީ ގާނޫނީ ކުށެއް ނުކުރުމާއި, ތަހުގީގަށް ބަޔާން ދިނުމަށް ފުލުހުންނަށް ހާޒިރުވުމާއި އަދި މާލެ ފިޔަވައި އިތުރު ތަނަކަށް ޝަރުތުގެ މުއްދަތުގައި ނުދިޔުމަށެވެ. ޝަރުތުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 30 ދުވަހެވެ.

ޝަލް މީޑިއާގައި އިއްޔެ ދައުރުވި ވީޑިއޯގައި ފެންނަ ގޮތުން އެމީހާ އެއާޕޯޓު މުވައްޒަފެއްގެ ގައިގައި ޖަހަ އެވެ. އަދި އެމީހާ ދުރުކުރަން އެހެން މުވައްޒަފަކު ގޮސް ކޮއްޕައިލުމުން އޭނާގެ ގައިގައިވެސް އެމީހާ ޖަހައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-