-Advertisement-

-Advertisement-

މަސްތުވާތަކެތީގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ހަތަރު މީހެއްގެ ވަނަވަރު އާންމުކޮށްފި

ތަހުގީގަށް ފުލުހުން ހޯދަމުން އަންނަ މީހުން

ފުލުހުން ބަލަމުންދަ މްސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ ހަތަރު މީހެއްގެ ވަނަވަރު އާންމުކޮށްފިއެވެ.

އެގޮތުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ނުކުރެވިގެން ހޯދުމަށްޓަކައި ވަނަވަރު އާންމުކޮށްފައިވަނީ، އެއް އަންހެނަކާއި ތިން ފިރިހެނުންނެވެ.

ފުލުހުން ބުނީ، މިއަދު ވަނަވަރު އާންމުކޮށްފައިވާ ހަތަރު މީހުންނަކީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ހަތަރު މީހުންކަމުގައެވެ.

އެގޮތުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެ ހަތަރު މީހުންނަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.

އެގޮތުން ހޯދަމުން އަންނަނީ:

އާއިމިނަތު ޝީޒާ އަލީ، ހުޅުމާލޭ ފެއަރވިލެޖް- ގޯތި ނަންބަރު 11168، 33 އަހަރު، A361312

ހަސަން ނަބީލް، ގއ. ކަނޑުހުޅުދޫ/ފެހިއައްސޭރި، 42 އަހަރު، A099246

އީސާ އިބްރާހީމްފުޅު، ތ. ތިމަރަފުށި/ބަނަފުސާގެ، 46 އަހަރު، A023529

ޔޫސުފް މުހައްމަދު ޒައީމް، ކ. މާލެ/ހ. ދިޔަދޫ، 31 އަހަރު، A394121

ފުލުހުން ވިދާޅުވީ، މި މީހުން ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށެވެ. އެހެން ކަމުން އެމީހުން މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ އިދާރާއަކަށް ހާޒިރު ވުމަށް ފުލުހުން ވަނީ އަންގާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-