-Advertisement-

-Advertisement-

މޫސުން އިތުރަށް ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު!

މާލެއަށް މިހާރު ކުރިޔަށްދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައި. ވިއްސާރައިގެ އަސަރު ފިހާރަތަކަށާއި ގެތަކަށް ވަނީ ކޮށްފައި. ފޮޓޯ: މުހައްމަދު ޝާބިން / ނިއުސްލެބް

މުޅި ރާއްޖެއަށްވެސް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމި އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 12:30 އިން ފެށިގެން ހަވީރު 17:00 އަށެވެ.

މެޓުން ވިދާޅުވީ، މިވަގުތުތަކުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

12:30 އިން ފެށިގެން ހަވީރަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، މީގެ ކުރިން ހެނދުނު 7:15 އިން ފެށިގެން މެންދުރު ފަހު 13:00 އާއި ހަމައަށް މެޓުން ހުދު ސަމާލު ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުގެ ސަރަހައްދުކަމުގައި ވުމުން ވިއްސާރަވެ މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަކީ އެދެވިގެންވާކަމެކެވެ. އަދި އުދައިގެ އަސަރު ކޮށްފާނެ ރަށްރަށުން އެފަދަ ހާދިސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވެގެން ތިބުމާއި، ބޯކޮށް ވާރޭ ވެހި ފެންބޮޑު ވެދާނެކަމަށް، ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމަސްކުރަމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-