-Advertisement-

-Advertisement-

މާލޭގެ ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ވިއްސާރަވެ އާންމު ފަރާތްކަށް އުނދަގޫވެ މުދަލަށް ގެއްލުންވާ ވަރަށް މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި ގުޅޭގޮތުން  ކޮންސްޓްރަކްޝަން މިނިސްޓްރީ އިން އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ޓެކްނިކަލް ޓީމާއެކު ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮއްސިއެވެ.

އެގޮތުން އެ މިނިސްޓްރީން އެކސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭގައި ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން އެ ވުޒާރާގެ އިސްވެރިންނާއި ޓެކްނިކަލް ޓީމުން ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

https://x.com/MoCImv/status/1788170130481934377

ވިއްސާރަ މޫސުންތަކާއި ދިމާކޮށް ވާރޭ ވެހި މާލެގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެއެވެ. ޚާއްސަކޮށް އައިޖީއެމްއެޗް ސަރަހައްދާއި، ކުދަކުދިންގެ ޕާކާއި ބްރިޖް ސަރަހައްދުން ހެންވޭރުގެ މަގުތަކުގައި ފެން ބޮޑުވެ ބައެއް ގެތަކަށް ފެންވަދެ އެކި ގެއްލުން ވާވަރަށް ފެން ބޮޑުވާކަން ފާހަގަ ކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ އަޑު ކައިރިގައާއި، ވެސްޓް ޕާކު ކައިރީގައި އަދި މާފަންނު ސްޓޭޑިއަމް ކައިރިއަކީ ބޯކޮށް ވާރެ ވެހިއްޖެނަމަ ދަތުރު ފަތުރު ކުރާ އުޅަނދުތަކަށްވެސް ނުދުއްވޭ ވަރަށް ފެންބޮޑުވާ ބައެއް ސަރަހައްދުތަކެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން ގެދޮރަށާއި މުދަލަށް އެކި ވަރުގެ ގެއްލުން ލިބިފައި ވާއިރު ބައެއް ގެތަކުގެ މީހުން އެހެން ގެތަކަށް ބަދަލުވެސް ކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-