-Advertisement-

-Advertisement-

ކޮވިޝީލްޑް ވެކްސިން ވިއްކުން ހުޓާލައިފި

އެސްޓްރަޒެނެކާއިން ކޮވިޑް19 އިން އިންސާނުން ރައްކާތެރިކުރުމަށް ތައްޔާރުކުރާ ކޮވިޝީލްޑް ވެކްސިން އުފެއްދުމާއި ވިއްކުން ހުޓާލައިފިކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދާދި ފަހުން އެ ކުންފުނިން ވަނީ އެ ވެކްސިން ޖެހުމުން ލޭ ގަނޑުވާކަމަށް ބުނެ ފެތުރޭ ވާހަކަތަކަށް އެއްބަސްވެފައެވެ. ހަމައެހެންމެ ރިޕޯޓުތަކުން ދައްކާ ގޮތުގައި މި ވެކްސިންގެ ސަބަބުން ތްރޮމްބޮސިސް ވިތު ތްރޮމްބޮސައިޓޯޕެނިއާ ސިންޑްރޯމް (ޓީޓީއެސް) ޖެހުމަކީ އެކަށީގެންވާކަމެކެވެ.

ވެކްސިން މާކެޓުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދޫކޮށްފައި އޮތް ހުއްދަ އިއްޔެ ވަނީ ބާތިލުކޮށްފައެވެ. އެ ހުއްދަ ބާތިލުކުރުމަށް ފޮނުވިފައިވަނީ މިދިޔަ މާރިޗު މަހުއެވެ.

އެސްޓްރަޒެނެކާއިން ހާމަކުރާ ގޮތުގައި އެ ވެކްސިނުން އެ ކުންފުންޔަށް އާމްދަނީ ނުލިބޭތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެއެވެ. ވެކްސިން މާކެޓުކުރުން ހުއްޓާލާފައި މި ވަނީ އެ ވެކްސިން ވިއްކާތާ 3 އަހަރު ފަހުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-