-Advertisement-

-Advertisement-

ތެލެސީމިޔާ ސެންޓަރުގެ ހިންގުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އައު އިމާރާތަކަށް!

ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވާހަކަދައްކަވަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)/ ތެލެސީމިޔާ ސެންޓަރުން ތެލެސީމިއާ ކުދިންނަށް ދެމުން އަންނަ ފަރުވާ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އާ އިމާރާތަކަށް ބަދަލުކުރާކަން ހެލްޓް މިނިސްޓަރ ހާމަކުރައްވައިފިއެވެ.

ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ޚާލީލް ވަނީ، ތެލެސީމިޔާ ސެންޓަރު އިމާރަތުގެ ދަތިކަމުގެ ޝަކުވާއަކީ، މަގާމާ ހަވާލުވެވަޑައިގަތުމާ އެކު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި އެއް ޝަކުވާ ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން އެތަނަށް ގޮސް ބެލި ބެލުމުގައި، އެއީ ހަގީގަތުގައި ވެސް ވަރަށް ތާށި، އަދި ވަރަށް ބާ އިމާރާތެއްކަން އެނގުނުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ، ތެލެސީމިއާ ކުދިންގެ ފަރުވާ އެހެން އިމާރާތަކަށް ބަދަލުކުރުން ކަމަށެވެ.

އެގޮތުން ތެލެސީމިޔަ ކުދިންގެވެސް އެއީތެރިކަމާއެކު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިމާރާތަކުން ތެލެސީމިޔާ ސެންޓަރު ހިންގާނެ ޖާގަ ކަށަވަރު ކުރެވިފައިވާކަމުގައި ރޭގެ ޖަލްސާގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަދި ތެލެސީމިޔާ ކުދިންގެ މަޝްވަރާއާއެކު އެ ސެންޓަރަށް ބޭނުންވާ ޚިދުމަތްތައް ބައްޓަން ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޚަލީލް ވިދާޅުވީ، މިމަސައްކަތް ކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާގެ ފަރާތުން ގިނަ އިރުޝާދުތަކެއް ލިބިފައިވާ ކަމަށާއި ތެލެސީމިއާ ކުދިންގެ ކަންކަމުގައި އެކަމަނާ ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.

ސަރުކާރުން ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާއިރު ރާއްޖޭގައި ބީން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ އިންތިޒާމާއި އެކު ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައިއެވެ.

ތެލެސީމިއާ ކުދިންނަށް މިހާރު ފަރުވާ ދެމުން އަންނަނީ ތެލެސީމިއާ ސެންޓަރު 1994 ވަނަ އަހަރު ހުޅުވީއްސުރެ އެ ތަން ހުންނަ އިމާރާތުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-