-Advertisement-

-Advertisement-

މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް އޭއާރ މަރުކާގެ އިތުރު ބޯޓެއް ގެނެއްސި

މޯލްޑިވިއަނުން ގެނައި އައު ބޯޓު

މޯލްޑިވިއަނުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އޭއާރ މަރުކާގެ އިތުރު ބޯޓެއް އިއްޔެ ރާއްޖެ ގެނެއްސިއެވެ.

އިއްޔެ ހަވީރު މޯލްޑިވިއަންގެ އައު ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސައިފައި ވާއިރު، އެ ރަސްމިޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ އިސްވެރިންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެގޮތުން 42 މީހުންގެ ޖާގައިގެ މި ބޯޓަކީ އެންމެ ޒަމާނީ ވަސީލަތްތައް އެކުލެވޭހެން ފަރުމާކުރެވިފައިވާ ބޯޓެއްކަމުގައި އޭއާރ ސްބްސިޑަރީ ކުންފުނި، އީސްޓާން ސަޕޯޓުގެ މެނޭޖިން ޑިރެކްޓަރު އެލެކްޒެންޑްރޯ ލޫޒީ ވަނީ ވިފާޅުވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވމުން ޓަރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގެ 90 ޕަސަންޓް ކަވަރުކުރަނީ މޯލްޑިވިއަން ކަމަށްވާތީ އެ އެއާލައިނަށް މިއަދު އިތުރުވި ބޯޓާ އެކު އެތެރޭގެ ދަތުރުތައް އިތުރަށް ފުޅާކުރެވޭނެތީ މިއަދަކީ އުފާވެރި ތާރީހީ ދުވަހެއް ކަމަށެވެ.
މޯލްޑިވިއަނުން ރާއްޖެ ގެނައި އޭޓީއާރްގެ އައު ބޯޓާ އެކު އެ އެއާލައިންގެ އެއާކްރާފްޓާ ފްލީޓުގެ އަދަދު 15 ބޯޓަށް އިތުރުވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-